
1. ބަލި ފެތުރުން ކޮންޓްރޯލްކުރުމުގެ ގޮތުން މިހާރު އަޅާފައިވާ ވަގުތީ ފިޔަވަޅުތަކަކީ ކޮބައި؟
- ގެސްޓްހައުންތަކާ ސިޓީ ހޮޓެލްތަކަށް ޗެކިންކުރުން ވަގުތީ ގޮތުން މަނާކުރުން – 14 މާރިޗް 2020 އިން ފެށިގެން
- ރިސޯޓްތަކުން މީހުން ދިރިއުޅޭ ރަށްރަށަށް ދަތުރުކުރުން ވަގުތީގޮތުން މަނާކުރުން – 14 މާރިޗް 2020 ގެ 18:00 އިން ފެށިގެން
- ޔުނިވަރސިޓީތަކާއި ކޮލެޖުތަކާއި އިންސްޓިޓިއުޝަންތައް 14 ދުވަހަށް ބަންދުކުރުން- 14 މާރިޗް 2020 އިން ފެށިގެން
- މީހުން ގޮސްއުޅޭ ޢާންމު މައިދާންތަކާއި ޕާކްތައް ވަކި ދުވަހެއް ނެތްގޮތަށް ބަންދުކުރުން- 13 މާރިޗް 2020 އިން ފެށިގެން
- ރިޒޯޓްތަކުން އެހެން ރަށްރަށަށް ދަތުރުކުރުން ވަގުތީ ގޮތުން މަނާކުރުން – 18 މާރިޗް 2020 އިން 28 މާރިޗް 2020އަށް
- މާލެ ސަރަޙައްދަށް އެކްސްކާޝަންގައި އައުން ވަގުތީގޮތުން މަނާކުރުން
- ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުގައި ޝީޝާ ބޭނުންކުރުން މަނާކުރުން
- މާލެ ސަރަހައްދުގައި ހިންގާ ކެއިންބުމުގެ ޚިދުމަތް ދޭ ތަންތަނުގައި ދޭ ޚިދުމަތަށް ބަދަލު ގެނައުން
- ވައިގެ މަގުން ރާއްޖެ އަންނަ ފަރާތްތަކުގެ ތެރެއިން ރިޒޯޓްތަކަށް އަންނަ ފަތުރުވެރިން ފިޔަވައި އެހެން ހުރިހާ ފަރާތްތަކެއް ކަރަންޓީނު ކުރަން އެންގުން
2. ކޮވިޑް-19ގެ އަލާމާތްތަކަކީ ކޮބައި؟
ކޮވިޑް-19ގެ ޢާންމު އަލާމާތްތަކުގެ ތެރޭގައި ކެއްސުން، ހުންއައުން، ވަރުބަލިކަން، ނޭވާލާން އުނދަގޫވުން ހިމެނެއެވެ.
3. ކާޑުގެ ބާވާތްތަކާ ބޭނުންވާ ވަރަށް ލިބޭނެތަ؟
އެސްޓީއޯ އިން ވަނީ ކާޑުގެ ބާވަތްތައް ރާއްޖެއަށް ބޭނުންވާވަރަށް ސްޓޮކްހުރިކަން ޔަޤީންކަން ވަނީ ދެއްވާފައެވެ. އަދި މީހުން ދިރިއުޅޭ ކޮންމެ ރަށަކަށް އަދި ރިޒޯޓަކަށް އޮފިސަރއެއް ޢައްޔަންކޮށްފައިވާކަންވެސް އެސްޓީއޯއިން ވަނީ ހާމަކޮށްފައެވެ.
4. ހޭންޑް ސެނިޓައިޒަރ ހޯދާނީ ކިހިނެތް؟
ހޭންޑް ސެނިޓައިޒަރ ލިބެންހުރި މިންވަރަށާއި ބޭނުންޖެހޭނެ މިންވަރަށް ބަލައި ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ ހޭންޑް ސެނިޓަރ ދޫކުރަމުންދާނެއެވެ.
5. ފޭސްމާސްކް ދޭނީ ކިހިނެތް؟
އެސްޓީއޯއިން ފޭސްމާސްކް ލިބެން ހުންނާނެ. އެސްޓީއޯއިން ދޫކުރާނީ މީހަކަށް (އައިޑީ ކާޑު ބޭނުންވާނެ) 3 މާސްކްގެ މަގުން.
6. ކޮވިޑް-19 ގެ އަލާމާތް ފެންނަން ކިހާ މުއްދަތެއް؟
އާންމުގޮތެއްގައި ހޭދަވަނީ 14 ދުވަސް އެހެނަސް މިއީ މުޅިން އައު ބައްޔެއްކަމުން މިއީ އަދި މުޅިން ކަށަވަރު ކުރެވިފައިވާކަމެއް ނޫން
7. ތަންތަނުގެ ބޭރުފުށުގައި/މަތީގައި ވައިރަސް ހަރުލާ ހުންނަނީ ކިހާ މުއްދަތަކަށް؟
އެ އެއްޗެއް ނުވަތަ މައުދަނެއްގެ ގޮތުން މި ވައިރަސް އެއެއްޗެއްގައި ހުންނަ މުއްދަތު ތަފާތުވެއެވެ. ދިރާސާތަކުން ފެންނަގޮތުގައި އާންމުކޮށް 2 ނުވަތަ 3 ދުވަސްވަންދެން ތަކެތީގައި ވައިރަސް ހަރުލާހުރެއެވެ. ނަމަވެސް އަދި މިއީ މުޅިން އައު ވައިރަހެއްކަމުން ސީދާ ކަށަވަރު އަދަދެއް އަދި ދެނެގަންނަން އުނދަގުލެވެ.