ކޯވިޑް-19 ގެ އެންމެ ފަހުގެ މަޢުލޫމާތު

  • ރައްކާތެރިކަމުގެ ގޮތުން ޢަމަލު ކުރަމުންދާ އުޞޫލުގެ ދަށުން، ކޯވިޑް19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން “މައި ސްކައި” ނަމަކަށް ކިޔާ ސަފާރީ އުޅަނދަކުން 2 ބިދޭސީއެއްގެ ސާމްޕަލް ނަގާ ޓެސްޓްކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ޓެސްޓުގެ ނަތީޖާ ލިބެންދެން އެ ސަފާރީ އުޅަނދުވަނީ މޮނިޓަރިންގ ހާލަތަކަށް ގެނެވިފައެވެ. • ރައްކާތެރިކަމުގެ ގޮތުން ޢަމަލު ކުރަމުންދާ އުޞޫލުގެ ދަށުން، ކޯވިޑް19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން، ޓްރެވަލް ކްލިނިކަށް ޑޮކްޓަރަށް ދައްކަން އައި ދިވެއްސެއްގެ ސާމްޕަލް…

ކޯވިޑް-19 ގެ އެންމެ ފަހުގެ މަޢުލޫމާތު

ޕްރެސް އިންފޯރމޭޝަން ޝީޓް ޑައުންލޯޑް ކުރުމަށް 16 މާރިޗު 2020 ކޯވިޑް19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރި، ސްޕެއިން އިން ރާއްޖެ އައި އިތުރު ދިވެއްސެއް، ފަރުކޮޅުފުއްޓަށް ގެންގޮސް ޓެސްޓު ކުރުމުގެ މަސައްކަތް ދަނީ ކުރެވެމުން. • އިއްޔެ ރާއްޖެއައި ޤަތަރު އެއަރވޭސް ފްލައިޓުން ދަތުރުކުރި ދިވެހި މީހާގެ ޓެސްޓުގެ ނަތީޖާ ވަނީ ކޯވިޑް19 އަށް “ނެގެޓިވް” ވެފައި.ސްޕެއިން އަށް ދަތުރުކުރުމަށްފަހު އެނބުރި ރާއްޖެއައި މި ދިވެހި މީހާގެ ފުށުން ކޯވިޑް19 އަށް ޝައްކުކުރެވޭ އަލާމާތްތައް ފެނުމާއި…

ކޯވިޑް-19 ގެ އެންމެ ފަހުގެ މަޢުލޫމާތު

ކޯވިޑް19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން ޝެރަޓަން އައިލަންޑް ރިސޯޓު ނެގި 2 ޓެސްޓުގެ ނަތީޖާ ނެގެޓިވް ވެފައިވާތީ އެ ރަށްތަކުން މޮނިޓަރިންގްގެ ހާލަތުން ވަނީ ނެގިފައި. ކޮންޓެކްޓް ޓްރޭސިންގ ހެދުމަށްފަހު، ފްލައިޓުން އައި 9 ބިދޭސިއަކު ވަނީ އެބަޔަކު ބުކިންގ ހެއްދާފައިވާ ތަންތަނަށް ފޮނުވާލެވިފައި. އެ ހުރިހާ ފަތުރުވެރިންވެސް 14 ދުވަހަށް ގޭގައި އެކަހެރިވުމަށް ވާނީ އެންގިފައި ކުރޫއިންގެ ތެރެއިން 2 ބިދޭސީއަކު ވަނީ ވިލިވަރުގައި ކަރަންޓީން ކުރެވިފައި. މިއަދު ރާއްޖެއައި ޤަތަރް އެއަރވޭސް އިން…

ކޯވިޑް-19 ގެ އެންމެ ފަހުގެ މަޢުލޫމާތު

ޑައުންލޯޑްކުރުމަށް 15 މާރިޗު 2020 • ކޯވިޑް19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރި، ސްޕެއިން އިން ރާއްޖެ އައި ދިވެއްސެއް، ފަރުކޮޅުފުއްޓަށް ގެންގޮސް ޓެސްޓު ކުރުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. • އައިލެންޑް ސަފާރީ 1 އިން ކޯވިޑް19 އަށް ޓެސްޓްކުރި 2 ފަރާތެއްގެ ސާމްޕަލް ވަނީ ޕޮޒިޓިވްވެފައެވެ. • އަނަންތަރަ ދިގު ރިސޯޓުން ކޯވިޑް19 އަށް ޓެސްޓްކުރި ބިދޭސީއެއްގެ ސާމްޕަލް ޕޮޒިޓިވް ވެއްޖެއެވެ. މިފަރާތަކީ މިވަގުތު ފަރުކޮޅު އައިސޮލޭޝަން ފެސިލިޓީގައި ބަހައްޓާފައިވާ ފަރާތެކެވެ. • އަނަންތަރާ…

ކޯވިޑް -19 ގެ އެންމެ ފަހުގެ މައުލޫމާތު

ޑައުންލޯޑްކުރުމަށް އަނަންތަރާ ދިގު މޯލްޑިވްސް ރިސޯޓުގެ ކޮންޓެކްޓް ޓްރޭސިންގ ނިންމާ، ހޯމް އައިސޮލޭޝަނަށް ލާންޖެހޭ ފަރާތްތައް މިހާރު ވަނީ އެކަހެރި ކުރެވިފައި. އެހެންކަމުން މި ރިސޯޓުގެ މޮނިޓަރިންގ މަސައްކަތް މިހާރު ވަނީ ނިމުމަކަށް ގެނެވިފައި. ކޯވިޑް19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން ވިލަމަންދޫ އައިލަންޑް ރިސޯޓުން ބިދޭސީއެއްގެ ސާމްޕަލް ނަގާ ޓެސްޓްކުރުމުގެ މަސައްކަތް ކުރިޔަށްދަނީ. ޓެސްޓްގެ ނަތީޖާ ލިބެންދެން އެރިސޯޓުގައި ވަނީ މޮނިޓަރިންގްއަށް ލެވިފައި. އަދި މީނާ އާއި ކޮންޓެކްޓްވި އެހެންފަރާތަކާ ދެމީހުން އެކަހެރި ކޮށް ބަހެއްޓުމަށް…

ޔުނިވަރސިޓީތަކާއި ކޮލެޖުތަކާއި ތަމްރީނުދޭ މަރުކަޒުތައް ބަންދުކުރުމަށް އެންގުން

ޔުނިވަރސިޓީތަކާއި ކޮލެޖުތަކާއި ތަމްރީނުދޭ މަރުކަޒުތައް ބަންދުކުރުމަށް އެންގުން ކޮރޯނާވައިރަސް (ކޯވިޑު-19) ބަލި އިން ރައްކާތެރިކުރުމަށް ޤާނޫނު ނަންބަރު 7/2012 (ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު) ގެ 34 ވަނަ މާއްދާގެ (ނ) ގެ ދަށުން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިފައިވާ ޤާނޫނީ ބާރުގެ ތެރެއިން އަންނަނިވި ފިޔަވަޅުތައް އެޅުމަށް ނިންމައިފީމެވެ. ރާއްޖޭގައި ހިންގާ ޔުނިވަރސިޓީ ތަކާއި ކޮލެޖްތަކާއި އަދި ތަމްރީނުދޭ ހުރިހާ މަރުކަޒެއް މިއަދުން ފެށިގެން 2 ހަފްތާއަށް ބަންދުކުރުމަށް ދަންނަވަމެވެ. މިކަމާ ގުޅިގެން…

ރިސޯޓުތަކުން އެހެން ރަށްރަށަށް ދަތުރުކުރުން ހުއްޓާލުމަށް އެންގުން

ރިސޯޓުތަކުން އެހެން ރަށްރަށަށް ދަތުރުކުރުން ހުއްޓާލުމަށް އެންގުން ކޮރޯނާވައިރަސް (ކޯވިޑު-19) ބަލި އިން ރައްކާތެރިކުރުމަށް ޤާނޫނު ނަންބަރު 7/2012 (ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު) ގެ 34 ވަނަ މާއްދާގެ (ރ) ގެ ދަށުން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިފައިވާ ޤާނޫނީ ބާރުގެ ތެރެއިން އަންނަނިވި ފިޔަވަޅުތައް އެޅުމަށް ނިންމައިފީމެވެ. ރިސޯޓުތަކުން ރާއްޖޭގެ މީހުންދިރިއުޅޭ އެއްވެސް ރަށަކަށް މީހުން ދަތުރުކުރުމާއި، ރާއްޖޭގެ އެހެން ރަށްރަށުން ރިސޯޓުތަކަށް މީހުން ދަތުރުކުރުން މިއަދުގެ 18:00 އިން ފެށިގެން…

މާލޭގައި (މާލެ،ހުޅުމާލެ،ވިލިމާލެ) ގެސްޓްހައުސްތަކާއި،ސިޓީހޮޓެލްތަކަށް ބިދޭސީ ފަތުރުވެރިން ޗެކްއިން ވުން ހުއްޓާލުމަށް އެންގުން

މާލޭގައި (މާލެ،ހުޅުމާލެ،ވިލިމާލެ) ގެސްޓްހައުސްތަކާއި،ސިޓީހޮޓެލްތަކަށް ބިދޭސީ ފަތުރުވެރިން ޗެކްއިން ވުން ހުއްޓާލުމަށް އެންގުން ކޮރޯނާވައިރަސް (ކޯވިޑު-19) ބަލި އިން ރައްކާތެރިކުރުމަށް ޤާނޫނު ނަންބަރު 7/2012 (ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު) ގެ 34 ވަނަ މާއްދާގެ ދަށުން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިފައިވާ ޤާނޫނީ ބާރުގެ ތެރެއިން އަންނަނިވި ފިޔަވަޅުތައް އެޅުމަށް ނިންމައިފީމެވެ. މާލޭގައި (މާލެ، ހުޅުމާލެ، ވިލިމާލެ،)ހިންގާ ގެސްޓް ހައުސްތަކާއި ސިޓީހޮޓެލްތަކަށް މިރޭ 12:00 އިން ފެށިގެން 14 ދުވަހުގެ މުއްދަތަށް ބިދޭސީ އެއްވެސް…

ކޯވިޑް-19 ގެ އެންމެ ފަހުގެ މައުލޫމާތު

ޕްރެސް އިންފޮރމޭޝަން ޝީޓް ޑައުންލޯޑްކުރުމަށް 14 މާރިޗު 2020 • ރައްކާތެރިކަމުގެ ގޮތުން ޢަމަލު ކުރަމުންދާ އުޞޫލުގެ ދަށުން، ކޯވިޑް19އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން ރީތި ބީޗް ރިސޯޓުން ބިދޭސީއެއްގެ ސާމްޕަލް ނަގާ ޓެސްޓްކުރުމުގެ މަސައްކަތް ކުރިޔަށްދަނީ. ޓެސްޓްގެ ނަތީޖާ ލިބެންދެން އެރިސޯޓު ވަނީ މޮނިޓަރިންގްއަށް ލެވިފައި. • 14 މާރިޗު 2020، 00:00 އިން ފެށިގެން ދިވެހިން ފިޔަވައި ސްޕެއިންގެ ހުރިހާ ސަރަހައްދަކުން އަދި ޖަރުމަނު ވިލާތުގެ(Bavaria, North Rhine-Westphalia ) އާއި ފަރަންސޭސި ވިލާތުގެ(…

ކޯވިޑް 19 ގެ އެންމެ ފަހުގެ މައުލޫމާތު

13 މާރިޗު 2020 ކޯވިޑް19 އަށް ޝައްކުކުރެވޭ އަލާމާތްތައް ފެނިގެން އަނަންތަރާ ދިގު މޯލްޑިވްސް ރިސޯޓުން ބިދޭސީއެއްގެ ސާމްޕަލް ނަގާ ޓެސްޓްކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ޓެސްޓުގެ ނަތީޖާ ލިބެންދެން އެމީހާވަނީ ރިސޯޓުގައި އެކަހެރިކުރެވިފައި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ސިކްސް ސެންސަސް ލާމު ރިސޯޓުން 2 ބިދޭސީއެއް އެ ރިސޯޓުގައި އައިސޮލޭޓްކޮށް މޮނީޓަރކުރުމުގެ މަސައްކަތްދަނީ ކުރެވެމުންނެވެ. ރާއްޖެ އެތެރެވުމުގެ ކުރިން މި ދެ މީހުންވަނީ ކޯވިޑް19 އަށް ޕޮސިޓިވްވެފައިވާ މީހަކާއި “ކޮންޓެކްޓް” ވެފައެވެ. ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން،…