ޑައުންލޯޑްކުރެއްވުމަށް

ކޯވިޑް-19 އަށް މާލެއިން މީހަކު ޕޮޒިޓިވްވުމާ ގުޅޭ

ކޯވިޑް-19 އަށް ޕޮޒިޓިވް މީހަކު މާލެއިން 15 އެޕްރީލް 2020 ގައި ވަނީ ފެނިފައެެވެ. މިކަން ކަށަވަރުވެފައިވަނީ ރޯގާގެ އަލާމާތްތައް ފެނިގެން މިމަހު 14 ވަނަ ދުވަހު މާލެހިޔާ ކައިރީ ހުންނަ ފުލޫ ކްލިނިކަށް ދެއްކި ދިވެއްސެއް ކޯވިޑް-19 އަށް ޓެސްޓުކުރުމުންނެވެ. މިކަން ކަށަވަރުވުމާއިއެކު ރެޕިޑް ރެސްޕޮންސް ޓީމުން ވަނީ ޙަރަކާތްތެރިވާން ފަށާފައެވެ. މިގޮތުން މިމަޢުލޫމާތު އެމީހާއަށް އެންގުމަށްފަހު ވަގުތީގޮތުން ސަރަޙައްދުު ބަންދުކޮށް އޭނާ ދިރިއުޅޭ ގެ ކަރަންޓީނުކޮށް ކޮންޓެކްޓް ޓްރޭސިންގ ހެދުމުގެ މަސައްކަތްތައް ދަނީ ކުރަމުންނެވެ. އަދި ޕޮޒިޓިވް ވިފަރާތް މިހާރުވަނީ އައިސޮލޭޝަން ފެސިލިޓީގައި އެކަހެރިކުރެވިފައެެވެ. މިހާތަނަށް ބެލިބެލުމުގައި ރާއްޖެއިން ބޭރަށް އެމީހާ ދަތުރުކޮށްފައި ނުވާކަން ފާހަގަކުރަމެވެ.

ކޯވިޑް-19 އާއި ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީން ދެމުންދާ އިރުޝާދުތަކާއި އެއްގޮތަށް ޢަމަލުތައް ބެހެއްޓުމަށް އިލްތިމާސްކުރަމެވެ. މިގޮތުން ކޮންމެހެން ބޭނުންވެއްޖެ ޙާލަތެއްގައި ނޫނީ ބޭރަށް ނުނިކުތުމާއި، އިޖުތިމާޢީ ގައިދުރުކަން ދެމަހެއްޓުމަށް އިތުރަށް ސާމާލުވުމަށް ދަންނަވަމެވެ. މިކަމާގުޅޭ މަޢުލޫމާތު އިތުރަށް ލިބެމުންދާވަރަކަށް ހިއްސާކުރާނެ ވާހަކަ ދަންނަވަމެވެ.

22 ޝަޢުބާން 1441

15 އެޕްރީލް 2020