ޔުނިވަރސިޓީތަކާއި ކޮލެޖުތަކާއި ތަމްރީނުދޭ މަރުކަޒުތައް ބަންދުކުރުމަށް އެންގުން
ކޮރޯނާވައިރަސް (ކޯވިޑު-19) ބަލި އިން ރައްކާތެރިކުރުމަށް ޤާނޫނު ނަންބަރު 7/2012 (ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު) ގެ 34 ވަނަ މާއްދާގެ (ނ) ގެ ދަށުން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިފައިވާ ޤާނޫނީ ބާރުގެ ތެރެއިން އަންނަނިވި ފިޔަވަޅުތައް އެޅުމަށް ނިންމައިފީމެވެ.
ރާއްޖޭގައި ހިންގާ ޔުނިވަރސިޓީ ތަކާއި ކޮލެޖްތަކާއި އަދި ތަމްރީނުދޭ ހުރިހާ މަރުކަޒެއް މިއަދުން ފެށިގެން 2 ހަފްތާއަށް ބަންދުކުރުމަށް ދަންނަވަމެވެ.
މިކަމާ ގުޅިގެން ކަމާބެހޭ އިދާރާތަކުން މިކަން ތަންފީޒުކުރުމަށް ދަންނަވަމެވެ.
ތާރީޚް.14 މާރިޗު 2020 ގަޑި 14:00