މާލޭގައި (މާލެ،ހުޅުމާލެ،ވިލިމާލެ) ގެސްޓްހައުސްތަކާއި،ސިޓީހޮޓެލްތަކަށް ބިދޭސީ ފަތުރުވެރިން ޗެކްއިން ވުން ހުއްޓާލުމަށް އެންގުން

ކޮރޯނާވައިރަސް (ކޯވިޑު-19) ބަލި އިން ރައްކާތެރިކުރުމަށް ޤާނޫނު ނަންބަރު 7/2012 (ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު) ގެ 34 ވަނަ މާއްދާގެ ދަށުން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިފައިވާ ޤާނޫނީ ބާރުގެ ތެރެއިން އަންނަނިވި ފިޔަވަޅުތައް އެޅުމަށް ނިންމައިފީމެވެ.

މާލޭގައި (މާލެ، ހުޅުމާލެ، ވިލިމާލެ،)ހިންގާ ގެސްޓް ހައުސްތަކާއި ސިޓީހޮޓެލްތަކަށް މިރޭ 12:00 އިން ފެށިގެން 14 ދުވަހުގެ މުއްދަތަށް ބިދޭސީ އެއްވެސް ފަތުރުވެރިއަކު ޗެކިން ކުރުން ހުއްޓާލުމަށް އަންގަމެވެ. އަދި މިހާރު މި ފަދަ ތަންތަނުގައި ޗެކްއިންވެފައިތިބި ބިދޭސީ ފަތުރުވެރިންނަން ބުކިންގެ މުއްދަތަށް ތިބުމުގައި އެއްވެސް ހުރަހެއް ނެތްކަމުގައި ދަންނަވަމެވެ.

މިކަމާ ގުޅިގެން ކަމާބެހޭ އިދާރާތަކުން މިކަން ތަންފީޒުކުރުމަށް ދަންނަވަމެވެ.

ތާރީޚް.14 މާރިޗު 2020         ގަޑި 14:00