ދިގު މުއްދަތަށް ބޭސް ބެނުންކުރާ މީހުންގެ ތެރެއިން ކޯވިޑް-19 ވެކްސިން ދިނުމުގައި ބަލާ ބަލިތައް (މިބައިން މިވަގުތު އިއުލާނު ކޮށްފައިވަނީ އުމުރުން 18 އަހަރާއި 55 އަހަރާ ދެމެދު އުމުރުފުރައިގެ މީހުންނަށެވެ.

ކެންސަރު ބައްޔަށް ފަރުވާކުރަމުންދާ މީހުންނާއި މި ބައްޔަށް ފަރުވާކޮށް ނިމުނުތާ އަހަރެއް ހަމަނުވާ މީހުން

ހަކުރު ބަލި ހުންނަ މީހުން

ހިތުގެ ބަލިތައް ހުންނަ މީހުން

ސްޓްރޯކެއް ޖެހިފައިވާ މީހުން

އިސްކޮޅާއި އަޅާ ބަލާއިރު ބަރުދަން މަތި މީހުން (ބީ.އެމް.އައި 40ން މަތި މީހުން)

ބައްޔެއްގެ ސަބަބުން ނުވަތަ ބޭނުންކުރާ ބޭހެއްގެ ސަބަބުން ދިފާއީބާރު ދަށްވެފައިވާ މީހުން

ކިޑްނީ ބަލީގެ ސްޓޭޖް 3 އަދި 4 ގެ ބަލިމީހުން

ދިގު މުއްދަތަކަށް ފުރަމޭގެ ބައްޔެއް ތަޙައްމަލުކުރަމުންދާ މީހުން

ތެލެސީމިއާ މޭޖަރ/ސިކްލްސެލް އެނީމިއާ ހުންނަ މީހުން

އެދުމަތިވެފައިވާ މީހުންނާއި އެމީހުން ބަލަހައްޓާ މީހުން

މީގެ އިތުރުންވެސް، އެއްވެސް ބައްޔަކާއި ގުޅިގެން ދިގު މުއްދަތަށް ބޭސް ބޭނުންކުރާ މީހުން

* ވެކްސިން ޖަހަން އަންނައިރު، ދިގު މުއްދަތަށް ބޭސް ބޭނުންކުރާ މީހުން ބޭސް ސިޓީ ގެންނަންވާނެ.