• ސޭންޑިސް ބަތަލާގައި އައިލެންޑް ރިޒޯޓް ގައި ޗުއްޓީ ހޭދަކުރަމުންދިޔަ އިޓަލީ ވިލާތުގެ ފަތުރުވެރިޔެއްގެ ފަރާތުން ކޯވިޑް-19 އަށް ޝައްކު ކުރެވޭ ޢަލާމާތްތައް ފެނުމާއި ގުޅިގެން އިތުރަށް ތަޙުލީލުކޮށް މޮނިޓަރ ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އަދި އިތުރަށް ‘ކޮންޓެކްޓް ޓްރޭސިންގް’ ހެދުމަށް މިރަށަށް އަރާ ފޭބުން ވަނީ ވަގުތީ ގޮތުން ހުއްޓާލާފައެވެ.

 

ސަމަރ އައިލެންޑް ރިޒޯޓްގެ ދެފަތުރުވެރިން ކޯވިޑް-19 ބައްޔަށް ތަޙުލީލު ކުރުމަށްފަހު ނަތީޖާ ނެގެޓިވްވެފައި ވުމުން އެރަށަށް އަރާފޭބުމުގެ ހުއްދަ މިހާރު ވަނީ ދީފައެވެ.