ޕްރެސް އިންފޯރމޭޝަން ޝީޓް ޑައުންލޯޑް ކުރުމަށް

16 މާރިޗު 2020

ކޯވިޑް19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރި، ސްޕެއިން އިން ރާއްޖެ އައި އިތުރު ދިވެއްސެއް، ފަރުކޮޅުފުއްޓަށް ގެންގޮސް ޓެސްޓު ކުރުމުގެ މަސައްކަތް ދަނީ ކުރެވެމުން.
• އިއްޔެ ރާއްޖެއައި ޤަތަރު އެއަރވޭސް ފްލައިޓުން ދަތުރުކުރި ދިވެހި މީހާގެ ޓެސްޓުގެ ނަތީޖާ ވަނީ ކޯވިޑް19 އަށް “ނެގެޓިވް” ވެފައި.ސްޕެއިން އަށް ދަތުރުކުރުމަށްފަހު އެނބުރި ރާއްޖެއައި މި ދިވެހި މީހާގެ ފުށުން ކޯވިޑް19 އަށް ޝައްކުކުރެވޭ އަލާމާތްތައް ފެނުމާއި ގުޅިގެން ޓެސްޓްތައް ހަދައި މޮނިޓަރ ކުރުމަށް އިއްޔެ އޭނާ ވަނީ ފަރުކޮޅުފުއްޓަށް ގެންގޮސް އެކަހެރި ކުރެވިފައި.
• ރައްކާތެރިކަމުގެ ގޮތުން ޢަމަލު ކުރަމުންދާ އުޞޫލުގެ ދަށުން، ކޯވިޑް19އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން ގިލި ލަންކަންފުށިން ދިވެއްސެއްގެ ސާމްޕަލް ނެގުމާއި ޓެސްޓްކުރުމުގެ މަސައްކަތް ކުރިޔަށްދާނެއެވެ. ޓެސްޓްގެ ނަތީޖާ ލިބެންދެން އެރިސޯޓު ވަނީ މޮނިޓަރިންގްއަށް ލެވިފައެވެ.
• ހުޅުމާލެއިން ފަރުކޮޅުފުއްޓަށް ގެންގޮސް އެކަހެރި ކުރެވުނު ދިވެހި މީހާގެ ޓެސްޓުގެ ނަތީޖާ ވަނީ ކޯވިޑް19 އަށް “ނެގެޓިވް” ވެފައެވެ. މި ދިވެހި މީހާ ވަނީ އަނަންތަރާ ދިގު މޯލްޑިވްސް ރިސޯޓުން “ޕޮޒިޓިވް” ވި ބިދޭސީ މީހާގެ “ކްލޯސް ކޮންޓެކްޓް” އެއްގެ ގޮތުގައި ފާހަގަކުރެވިގެން، ޓެސްޓްތައް ހަދައި މޮނިޓަރ ކުރުމަށް އެކަހެރި ކުރެވިފައެވެ.
• ކޯވިޑް19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން ޝެރަޓަން އައިލަންޑް ރިސޯޓު ނެގި 2 ޓެސްޓުގެ ނަތީޖާ ނެގެޓިވް ވެފައިވާތީ އެ ރަށްތަކުން މޮނިޓަރިންގްގެ ހާލަތުން ވަނީ ނެގިފައި.
• ކޮންޓެކްޓް ޓްރޭސިންގ ހެދުމަށްފަހު، ފްލައިޓުން އައި 9 ބިދޭސިއަކު ވަނީ އެބަޔަކު ބުކިންގ ހެއްދާފައިވާ ތަންތަނަށް ފޮނުވާލެވިފައި. އެ ހުރިހާ ފަތުރުވެރިންވެސް 14 ދުވަހަށް ގޭގައި އެކަހެރިވުމަށް ވާނީ އެންގިފައި ކުރޫއިންގެ ތެރެއިން 2 ބިދޭސީއަކު ވަނީ ވިލިވަރުގައި ކަރަންޓީން ކުރެވިފައި.
• މިއަދު ރާއްޖެއައި ޤަތަރް އެއަރވޭސް އިން ދަތުރު ކުރި، ދިވެއްސެއްވަނީ ކޯވިޑް19 އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ފެނުމުން ފަރުކޮޅު އައިސޮލޭޝަން ފެށިލިޓީއަށް ބަދަލު ކުރެވިފަ.
• ކޯވިޑް19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން މީރު އައިލަންޑް ރިސޯޓުން ނެގި 12 ޓެސްޓުގެ ނަތީޖާ ނެގެޓިވް ވެފައިވާތީ އެ ރަށްތަކުން މޮނިޓަރިންގްގެ ހާލަތުން ވަނީ ނެގިފައި