- ކޯވިޑް19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން ޝެރަޓަން އައިލަންޑް ރިސޯޓު ނެގި 2 ޓެސްޓުގެ ނަތީޖާ ނެގެޓިވް ވެފައިވާތީ އެ ރަށްތަކުން މޮނިޓަރިންގްގެ ހާލަތުން ވަނީ ނެގިފައި.
- ކޮންޓެކްޓް ޓްރޭސިންގ ހެދުމަށްފަހު، ފްލައިޓުން އައި 9 ބިދޭސިއަކު ވަނީ އެބަޔަކު ބުކިންގ ހެއްދާފައިވާ ތަންތަނަށް ފޮނުވާލެވިފައި. އެ ހުރިހާ ފަތުރުވެރިންވެސް 14 ދުވަހަށް ގޭގައި އެކަހެރިވުމަށް ވާނީ އެންގިފައި ކުރޫއިންގެ ތެރެއިން 2 ބިދޭސީއަކު ވަނީ ވިލިވަރުގައި ކަރަންޓީން ކުރެވިފައި.
- މިއަދު ރާއްޖެއައި ޤަތަރް އެއަރވޭސް އިން ދަތުރު ކުރި، ދިވެއްސެއްވަނީ ކޯވިޑް19 އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ފެނުމުން ފަރުކޮޅު އައިސޮލޭޝަން ފެށިލިޓީއަށް ބަދަލު ކުރެވިފަ.
- ކޯވިޑް19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން މީރު އައިލަންޑް ރިސޯޓުން ނެގި 12 ޓެސްޓުގެ ނަތީޖާ ނެގެޓިވް ވެފައިވާތީ އެ ރަށްތަކުން މޮނިޓަރިންގްގެ ހާލަތުން ވަނީ ނެގިފައި