• ކޯވިޑް19 އަށް ޝައްކުކުރެވޭ އަލާމާތްތައް ފެނިގެން އަނަންތަރާ ދިގު މޯލްޑިވްސް ރިސޯޓުން ބިދޭސީއެއްގެ ސާމްޕަލް ނަގާ ޓެސްޓްކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ޓެސްޓުގެ ނަތީޖާ ލިބެންދެން އެމީހާވަނީ ރިސޯޓުގައި އެކަހެރިކުރެވިފައި
  • ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ސިކްސް ސެންސަސް ލާމު ރިސޯޓުން 2 ބިދޭސީއެއް އެ ރިސޯޓުގައި އައިސޮލޭޓްކޮށް މޮނީޓަރކުރުމުގެ މަސައްކަތްދަނީ ކުރެވެމުންނެވެ. ރާއްޖެ އެތެރެވުމުގެ ކުރިން މި ދެ މީހުންވަނީ ކޯވިޑް19 އަށް ޕޮސިޓިވްވެފައިވާ މީހަކާއި “ކޮންޓެކްޓް” ވެފައެވެ.
  • ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ކުރަމަތި އައިލެންޑް ރިސޯޓުން ކޯވިޑް19 އަށް ޕޮސިޓިވް ވީ ފަތުރުވެރިއަކާއި “ކްލޯސް ކޮންޓެކްޓް’ ވެފައިވާ ދިވެއްސެއްގެ ސާމްޕަލް ނަގާ ޓެސްޓުކުރުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. ޓެސްޓުގެ ނަތީޖާ ލިބެންދެން އެމީހާވަނީ ގޭގައި އެކަހެރިކުރެވިފައި.