ޕްރެސް އިންފޯމޭޝަން ޝީޓް ޑައުންލޯޑް ކުރުމަށް
- ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ސިކްސް ސެންސަސް ލާމު ރިސޯޓުން 2 ބިދޭސީއެއް އެ ރިސޯޓުގައި އައިސޮލޭޓްކޮށް މޮނީޓަރކުރުމުގެ މަސައްކަތްދަނީ ކުރެވެމުން. ރާއްޖެ އެތެރެވުމުގެ ކުރިން މި ދެ މީހުންވަނީ ކޯވިޑް19 އަށް ޕޮސިޓިވްވެފައިވާ މީހަކާއި “ކޮންޓެކްޓް” ވެފައި
- ޤާނޫނު ނަމްބަރު 7/2012 އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ 33 ވަނަ މާއްދާއިން ވަޒީރަށް ލިބިގެންވާ ބާރުގެ ދަށުން، ދިވެހިރާއްޖޭގެ ހުރިހާ ސަރަހައްދަކަށް މިއަދުން ފެށިގެން 30 ދުވަހުގެ މުއްދަތަށް އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރައްވައިފި. ޢާއްމު ޞިއްޙަތު ރައްކާތެރި ކުރުމުގެ ޤާނޫނުގެ 34 ވަނަ މާއްދާގެ ދަށުން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް އެޅޭނެ ފިޔަވަޅުތައް:
– ބައްޔަކުން ރައްކާތެރިވުމަށް، ވަކި ބަޔަކަށް ނުވަތަ ވަކި ގިންތިއެއްގެ ބަޔަކަށް ވެކްސިން ދިނުމުގެ ޕްރޮގްރާމް ހިންގުން
– ވެކްސިނާއި، ބޭހާއި، ވެކްސިނާ ގުޅުންހުރި ތަކެއްޗާއި ވަޞީލަތްތައް އެންމެ އަވަހަށް ރައްދުކުރަންވީ ކޮން ބާވަތެއްގެ ނުވަތަ ކޮން ގިންތިއެއްގެ ބަޔަކަށްކަން ކަނޑައަޅައި، އެކަން ހަމަޖެއްސުން
– ތަޢުލީމުދޭ މަރުކަޒުތައް ބަންދުކުރުމާއި، މީހުން އެއްވެއުޅޭ ތަންތަނަށް އެއްވެއުޅުން މަނާކުރުމަށް އަމުރުނެރުން
– ވަކި ހިސާބުތަކަކަށް ވަކި ވަގުތުތަކުގައި މީހުން ނުދިއުމަށާއި، އެއްވެނޫޅުމަށް އެންގުން
– ކަރަންޓީނު ކުރެވިފައިވާ މީހާއަށް އެހީތެރިކަމާއި ވަޞީލަތްތައް ފޯރުކޮށްދެމުން ދިޔުން
– އެއްގަމުމަގުންނާއި، ކަނޑުމަގުންނާއި، ވައިގެމަގުން ދަތުރުކުރުން ހުއްޓުވުން ނުވަތަ ކޮންޓްރޯލްކުރުން ނުވަތަ އެފަދައިން ދަތުރުކުރުމުގައި ހާއްޞަ ފިޔަވަޅުތަކެއް އެޅުން
- ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އޮބްލޫ-ސަނެގެލި ރިސޯޓުން 2ބިދޭސީއަކު ކޮވިޑް 19 އަށް ޝައްކުރެވޭ އަލާމާތްތަކެއް ފެންނާތީ އެފަރާތްތަކުގެ ސާމްޕަލް ނެގުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. ޓެސްޓްގެ ނަތީޖާ ލިބެންދެން އެރިސޯޓުގައި ވަނީ މޮނިޓަރިންގްއަށް ލެވިފައެވެ.
- ކޯވިޑް19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން
- ވިލިވަރު ކުއަރަންޓައިން ފެސިލިޓީގައި ބެހެއްޓިފައިވާ 3 ދިވެއްސެއް ގޭގައި އެކަހެރިކޮށް ހުރުމަށް ފޮނުވުމުގެ މަސައްކަތްތައް ދަނީ މިހާރު ކުރެވެމުންނެވެ.
- ކޯވިޑް 19 އަށް މީހުން ހޭލުންތެރި ކުރުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން ކުރާ މަސައްކަތުގެ ތެރެއިން އުރީދު މޮލްޑިވްސްގެ ކަސްޓަމަރުންގެ ނަންބަރުތަކަށް ގުޅާލުމުން ކޯވިޑް19 ގުޅޭ މުހިންމު މައުލޫމާތު މިހާރު އަޑުއިވިގެން ދާނެއެވެ.
- ކޯވިޑް19 އަށް ޓެސްޓު ކުރުމަށް ސާމްޕަލް ނަގާފައިވާ ފަރާތެއްގެ ނަތީޖާ “ނެގަޓިވް” ވުމާ ގުޅިގެން، ފަރުކޮޅުފުށީގައި އައިސޮލޭޓް ކޮށްފައިވާ ފަރާތެއް ގޭގައި އެކަހެރިކޮށް ހުރުމަށް ވަނީ ފޮނުވިފައެވެ.
- ކޯވިޑް19އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން ސަން އަކުއާރ ރިސޯޓުން ބިދޭސީއެއްގެ ސާމްޕަލް ނަގާ ޓެސްޓްކުރުމުގެ މަސައްކަތް ކުރިޔަށްދަނީ ކުރަމުންނެވެ. ޓެސްޓްގެ ނަތީޖާ ލިބެންދެން އެރިސޯޓުގައި ވަނީ މޮނިޓަރިންގްއަށް ލެވިފަވެއެވެ.
ކޯވިޑް19 އަށް ޕޮޒިޓިވް ވެފައިވާ ފަރާތަކާއި އެއް އިމާރާތެއްގައި ދިރިއުޅުމަށްފަހު މެލޭޝިއާއިން ދިވެހިރާއްޖެއަށް އައި ދިވެއްސެއް ކޯވިޑް19 އަށްޝައްކުކުރެވޭ އަލާމާތްތައް ހުރެގެން ސާމްޕަލް ނަގާ ޓެސްޓްކުރުމަށް ފަރުކޮޅު އައިސޮލޭޝަން ފެސިލިޓީއަށް ގެންދިއުމުގެ މަސައްކަތްދަނީ ކުރަމުން.