ޕްރެސް އިންފޯމޭޝަން ޝީޓް ޑައުންލޯޑް ކުރުމަށް

  • ކޯވިޑް-19 އަކީ މުޅިދުނިޔެއަށް ފެތުރިފައިވާ ބައްޔެއް ނުވަތަ ‘ޕެންޑަމިކް’އެއް ގޮތުގައި ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާއިން މިހާރުވަނީ ކަނޑައަޅާފައެވެ. މިއީ ކޮރޯނާވައިރަސްއަކާ ގުޅިގެން ‘ޕެންޑަމިކް’ ކަނޑައެޅި ފުރަތަމަ ފަހަރެވެ.
  • ރައްކާތެރިކަމުގެ ގޮތުން އަމަލު ކުރަމުންދާ އުޞޫލުގެ ދަށުން، ބަންގްލަދޭސް އިން ފުރައިގެން މިރޭ އެނބުރި ރާއްޖެ އައި ދިވެއްސެއް، 14 ދުވަހުގެ މުއްދަތަކަށް ކަރަންޓީން ކުރުމުގެ މަސައްކަތްތައް ދަނީ ކުރެވެމުންނެވެ.
  • ކޯވިޑް19 އަށް ޕޮޒިޓިވް ވެފައިވާ މީހަކާ “ކޮންޓެކްޓް” ވުމުގެ ސަބަބުން، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ސޭންޑީޒް ބަތަލާ މޯލްޑިވްސްއިން ބިދޭސީއެއް ފަރުކޮޅު އައިސޮލޭޝަން ފެސިލިޓީއަށް ގެންގޮސް ޓެސްޓު ކުރުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ.
  • ރައްކާތެރިކަމުގެ ގޮތުން އަމަލު ކުރަމުންދާ އުޞޫލުގެ ދަށުން، ޗައިނާއިން ފުރައިގެން މިއަދު ހެނދުނު އެނބުރި ރާއްޖެ އައި ދިވެއްސަކު، 14 ދުވަހުގެ މުއްދަތަކަށް ކަރަންޓީން ކުރުމުގެ މަސައްކަތްތައް ދަނީ ކުރެވެމުންނެވެ.
  • ކޯވިޑް19އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން ވަން އެންޑް އޮންލީ ރީތިރަށް ރިސޯޓުން ސާމްޕަލް ނަގާ ޓެސްޓްކުރި މީހާ ވަނީ‫ ކޯވިޑް19އަށް ނެގަޓިވް ވެފައެވެ. ‏ޓެސްޓްގެ ނަތީޖާއާއި ވިދިގެން، އަދި “ކޮންޓެކްޓް ޓްރޭސިންގ” ނިމުމާއި ގުޅިގެން މިރަށަށް އަރާ ފޭބުމުގެ އެއްވެސް ހުރަހެއް ނެތްކަމަށް ވަނީ އަންގާފައެވެ.
  • އއ. ކުރަމަތި އައިލެންޑް ރިސޯޓުން ކޮވިޑް19 އަށް ޓެސްޓްކުރި 2 ބިދޭސީއެއްގެ ސާމްޕަލް ވަނީ ޕޮޒިޓިވްވެފައެވެ. ކޮންޓެކްޓް ޓްރޭސިންގ ގެ މަސައްކަތްތައް ކުރިއަށްދާތީ، އެ ރަށަށް އަރައިފޭބުން އަދިވެސް އޮތީ ހުއްޓައިލެވިފައެވެ.
  • ކޯވިޑް19އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން އދ.ވިލަމަންދޫ ރިސޯޓު އައިލަންޑުން ސާމްޕަލް ނަގާ ޓެސްޓްކުރި މީހާ ވަނީ‫ ކޯވިޑް19އަށް ނެގަޓިވް ވެފައެވެ. ޓެސްޓްގެ ނަތީޖާއާއި ވިދިގެން، އަދި “ކޮންޓެކްޓް ޓްރޭސިންގ” ނިމުމާއި ގުޅިގެން މިރަށަށް އަރާ ފޭބުމަށް ވަނީ ހުއްދަ ދެވިފައިއެވެ.

ރައްކާތެރިކަމުގެ ގޮތުން އަމަލު ކުރަމުންދާ އުޞޫލުގެ ދަށުން، އިޓަލީ ވިލާތުގެ ރޯމްއިން ފުރައިގެން މިއަދު ހެނދުނު އެނބުރި ރާއްޖެ އައި 2 ދިވެހިން، 14 ދުވަހުގެ މުއްދަތަކަށް ކަރަންޓީން ކުރުމުގެ މަސައްކަތްތައް ދަނީ ކުރެވެމުންނެވެ. މި ދުމީހުން ކަރަންޓީން ކުރަން ހަމަޖެފައިވަނީ ވިލިވަރު ކަރަންޓީން ފެސިލިޓީގައެވެ.