• ވަން އެންޑް އޮންލީ ރީތިރަށް ރިސޯޓުގައި ހުރި ބިދޭސީއެއްގެ ފަރާތުން ކޯވިޑް19 އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ފެނުމުން، ކަރަންޓީނުކޮށް ޓެސްޓު ކުރުމަށް ސާމްޕަލް ނެގުމުގެ މަސައްކަތްވަނީ ފަށާފައެވެ. އަދި، އިތުރަށް މޮނިޓަރ ކުރުމަށާއި “ކޮންޓެކްޓް ޓަރޭސިންގެ” ހެދުމަށް އެރަށަށް އަރާ ފޭބުން ވަގުތީ ގޮތުން ވަނީ ހުއްޓާލާފައިއެވެ.
• އއ. އަތޮޅުގައި ހިންގާ ކުރަމަތި އައިލެންޑް ރިޒޯޓްގައި މަސައްކަތްކުރާ ދިވެއްސެއްގެ ފަރާތުން ކޯވިޑް19 އަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ފެނުމުން، އޭނާ ފަރުކޮޅުފުށްޓަށް ބަދަލުކުރުމާއި ޓެސްޓު ހެދުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. މި ކޭސްއާއި ގުޅިގެން އެ ރިޒޯޓަށް އަރައިފޭބުން ވަގުތީ ގޮތުން ވަނީ ހުއްޓާލާފައިއެވެ.
• ކުރެއްދޫ އައިލެންޑް ރިޒޯޓްގައި ކަރަންޓީން ކުރެވިފައިވާ މީހުންގެ ތެރެއިން ކޯވިޑް 19 ގެ އަލާމާތް ފެނިފައިވާ 5 މީހަކު ފަރުކޮޅުފުށީ އައިސޮލޭޝަން ފެސިލިޓީއަށް ބަދަލު ކުރުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ.
• ޗައިނާއިން ފުރައިގެން އެނބުރި ރާއްޖެ އައި 2 މީހަކު، މިހާރު އަމަލުކުރަމުންދާ އުޞޫލުތަކުގެ ދަށުން 14 ދުވަހަށް ކަރަންޓީން ކުރުމަށްފަހު މިހާރުވަނީ ދޫކޮށްލާފައެވެ.
• ކޯވިޑް19 އަށް ޓެސްޓު ކުރުމަށް ސާމްޕަލް ނަގާފައިވާ އިތުރު ތިން މީހެއްގެ ނަތީޖާ “ނެގަޓިވް” ވެފައިވެއެވެ. މީގެ ތެރޭގައި ފަރުކޮޅުފުށީގައި އައިސޮލޭޓް ކޮށްފައިވާ ޔުނިވަރސަލް ޓިކެޓިންގ އޮފީހުގެ މުވައްޒަފަކާއި ށ. ފޯކައިދޫން ފަރުކޮޅުފުއްޓަށް ގެނެވުނު މީހެއް ހިމެނެއެވެ.
• އދ ވިލަމަންދޫ ރިސޯޓްގައި މަސައްކަތްކުރަމުންދާ ދިވެއްސެއްގެ ފަރާތުން ކޯވިޑް19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރުމުން އިތުރަށް ތަހުލީލުކުރުމުގެ މަސައްކަތް ކުރަމުންދެއެވެ. އަދި އިތުރަށް މޮނިޓަރ ކުރުމަށާއި “ކޮންޓެކްޓް ޓަރޭސިންގެ” ހެދުމަށް އެރަށަށް އަރާ ފޭބުން ވަގުތީ ގޮތުން ވަނީ ހުއްޓާލާފައިއެވެ.
• ކޯވިޑް-19 އަށް ޕޮސިޓިވް ވެފައިވާ މީހަކާ “ކޮންޓެކްޓް” ވުމުގެ ސަބަބުން ރައްކާތެރިވުމުގެ ސަބަބުން، ރައްކާތެރިވުމުގެ ފިޔަވަޅުގެ ގޮތުން 8 ބިދޭސީން ވިލިވަރު ކަރަންޓީން ފެސިލިޓީއަކަށް ގެންދިޔުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.