• ވެލިދޫ އައިސޮލޭޝަން ފެސިލިޓީގައި އައިސޮލޭޓް ކޮށްފައިވާ ދިވެއްސެއްގެ ފަރާތުން ކޯވިޑް19 ގެ އަލާމާތްތައް ފެނި، ސާމްޕަލް ނަގައި ހެދި ޓެސްޓުގެ ނަތީޖާ ޕޮޒިޓިވް ވެއްޖެ. އިނގިރޭސި ވިލާތުން އެނބުރި އައި މި މީހަކީ، މި ބައްޔަށް ޕޮޒިޓިވްވި 4 ވަނަ ދިވެހި މީހާ.
  • ރައްކާތެރިކަމުގެ ގޮތުން ޢަމަލު ކުރަމުންދާ އުޞޫލުގެ ދަށުން،ކޯވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން ރިހިވެލި ދި ޑްރީމް ހޮޓެލް މޯލްޑިވްސް ރިސޯޓުން ދިވެއްސެއްގެ ސާމްޕަލް ނަގާ ޓެސްޓްކުރުމުގެ މަސައްކަތް ކުރިޔަށްގެންދެވޭނެ.ެއެމީހާ މިހާރު ވަނީ ހޯމް އައިސޮލޭޝަންގައި ބެހެއްޓިފައި. މި ރިސޯޓު މިހާރު ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެވިފައި