• ކުރެއްދޫ އައިލެންޑް ރިޒޯޓްގައި ޗުއްޓީ ހޭދަ ކުރުމަށްފަހު އެނބުރި ޤައުމަށް ދިޔަ ފަހުން ކޮވިޑް-19 އަށް ފޮޒިޓިވް ވެފައިވާ އިޓަލީ ވިލާތުގެ ފަތުރުވެރިޔާގެ ކޭސްއާއި ގުޅިގެން ކުރިއަށް ގެންދިޔަ “ކޮންޓްރެކްޓް ޓްރޭސިންގ” މަސައްކަތުން، 1 އިން 2 މާރިޗު 2020 އަށް އެ ފަތުރުވެރިޔާ މާގިރި ހޮޓެލް (މާލެ) ގައި މަޑުކޮށްފައިވާކަން އެނގުމާއި ގުޅިގެން، އެ ފަތުރުވެރިޔާއާއި “ކޮންޓެކްޓް” ވެފައިވާކަމަށް ޤަބޫލު ކުރެވޭ 13 މީހަކު މިހާރުވަނީ ކަރަންޓީން ކޮށްފައެވެ. އަދި، އެ ފަތުރުވެރިޔާ ޔުނިވަރސަލްގެ ޓިކެޓިންގ އޮފީހަކަށް ޒިޔާރަތް ކޮށްފައިވާތީ، އެތަނުގައި މަސައްކަތްކުރާ އެކަކު ވަނީ ފަރުކޮޅުފުށީ އައިސޮލޭޝަން ފެސިލިޓީގައި އެކަހެރިކޮށްފައެވެ.
  • ށ. ފޯކައިދޫގައި ހުރި ކޮވިޑް-19 އަށް ޝައްކު ކުރެވޭ ދިވެއްސެއް މިހާރުވަނީ އެކަހެރިކޮށް، ޓެސްޓު ކުރުމަށް ފަރުކޮޅުފުށި އައިސޮލޭޝަން ފެސިލިޓީއަށް ގެނެވިފައި.
  • ސޭންޑީސް ބަތަލާ އައިލެންޑް އިން ކޯވިޑް-19 އަށް 2 މީހުން ޕޮސިޓިވް ވެފައިވޭ.
  • 09 މާރިޗު 2020 ވަނަ ދުވަހު މެންދަމު 12:00 ފެށިގެން ބަންގްލަދޭޝްއިން މީހުން އައުން ވަގުތީގޮތުން ވަނީ ހުއްޓާލާފައިއެވެ.