• ރައްކާތެރިކަމުގެ ގޮތުން ޢަމަލު ކުރަމުންދާ އުޞޫލުގެ ދަށުން، ކޯވިޑް19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން ޝެވަލް ބްލޮންކް ރަންދެލިން ބިދޭސީއެއްގެ ސާމްޕަލް ނަގާ ޓެސްޓްކުރުމުގެ މަސައްކަތް ކުރިޔަށްގެންދެވޭނެވެ. ޓެސްޓްގެ ނަތީޖާ ލިބެންދެން އެރިސޯޓުގައި ވަނީ މޮނިޓަރިންގްއަށް ލެވިފައެވެ.
  • ކޯވިޑް19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން ފުރަވެރި އައިލެންޑް ރިސޯޓުން ނެގި 2 ބިދޭސީންގެ ސާމްޕަލްގެ ނަތީޖާވެސް ނެގެޓިވް ވެފައިވާތީ އެ ރިސޯޓު ވަނީ މޮނިޓަރިންގްގެ ހާލަތުން 18 މާރިޗް ގައި ނެގިފައި.
  • ސެނަހިޔާގައި ޤާއިމްކޮށްފައިވާ ފްލޫ ކްލިނިކުން މިމަހުގެ 16 ވަނަ ދުވަހުން ފެށިގެން 18 ވަނަ ދުވަހުގެ ހެނދުނު 11:00 އާއި ހަމައަށް، ކޯވިޑް19 އަށް ޝައްކު ކުރެވޭ އަލާމާތްތައް ހުރެގެން ނެގުނު ހުރިހާ ސާމްޕަލެއްގެ ނަތީޖާ ވަނީ ކޯވިޑް19 އަށް ނެގެޓިވް ވެފައި.
  • ކޯވިޑް19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން މައި ސްކައި ޔޮޓުން ނެގި 2 ބިދޭސީންގެ ސާމްޕަލްގެ ނަތީޖާވެސް ނެގެޓިވް ވެފައި.
  • ކޯވިޑް19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން އަނަންތަރާ ކިހަވަށް ރިސޯޓުން ނެގި ބިދޭސީގެ ސާމްޕަލްގެ ނަތީޖާ ނެގެޓިވް ވެފައިވާތީ އެ ރިސޯޓުގެ ވަނީ މޮނިޓަރިންގްގެ ހާލަތުން 17 މާރިޗްގައި ނެގިފައި.
  • ކޯވިޑް19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން އއ. މަތިވެރިން ނެގި 2 ބިދޭސީންގެ ސާމްޕަލްގެ ނަތީޖާ ނެގެޓިވް ވެފައިވާތީ އެ ރަށް ވަނީ މޮނިޓަރިންގްގެ ހާލަތުން 18 މާރިޗްގައި ނެގިފައި
  • ކޯވިޑް19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން ގިލި ލަންކަންފުށި ރިސޯޓުން ނެގި 2 ބިދޭސީންގެ ސާމްޕަލްގެ ނަތީޖާވެސް ނެގެޓިވް ވެފައިވާތީ އެ ރިސޯޓުގެ ވަނީ މޮނިޓަރިންގްގެ ހާލަތުން ވަނީ 17 މާރިޗްގައި ނެގިފައި.