ކޯވިޑް-19 ގެ އެންމެ ފަހުގެ މަޢުލޫމާތު

• ބޭރު ގައުމުތަކުން ދިވެހިރާއްޖެ އެތެރެވާ ދިވެހިން ކަރަންޓީނު ކުރުމަށް ވަނީ ރައްކާރެރިވުމުގެ ގާނޫނުގެ ދަށުން އަންގަފައެވެ. މިގޮތުން ކޯވިޑް19 އާއި ގުޅިގެން މިހާތަނަށް ދިވެހިރާއްޖެއިން އެތެރެވުން މަނާކޮށްފައިވާ ޤައުމުތައް ނުވަތަ ސަރަހައްދުތަށް ފިޔަވައި އެހެން ގައުމުތަކުން އަންނަ ދިވެހިން 14 ދުވަހުގެ މުއްދަތަކަށް ގޭގައި އެކަހެރި ކުރެވޭނެއެވެ.
• ކަރަންޓީނުވުން ނުވަތަ އެކަހެރިވާން އަންގާ އެންގުމާއި ޚިލާފުވާ ފަރާތްތަކާއިމެދު ފިޔަވަޅުއެޅިގެންދާނެ ކަމަށް މިއަދު ވަނީ އެންގިފައިއެވެ. މިގޮތުން އާމު ސިއްހަތުގެ ގާނުޏުގެ 17 ވަނަ މާއްދާގެ (ށ) ގެ ދަށުން 5000 (ފަސްހާސް) ރުފިޔާއަށް ވުރެ ބޮޑު ނޫން އަދަދަކަށް ޖޫރިމަނާ ކުރެވޭނެއެވެ.
• ކޯވިޑް19 އަށް ޕޮޒިޓިވް ވެފައިވާ ފަރާތަކާއި ޑައިރެކްޓް ކޮންޓެކްޓް ވެފައިވާ 3 ދިވެއްސެއްގެ ފުށުން ކޯވިޑް19 އަށް ޝައްކުކުރެވޭ އަލާމާތްތައް ފެނުމުން، ސާމްޕަލް ނަގައި، ޓެސްޓްކުރުމުގެ މަސައްކަތް ކުރިޔަށްދަނީ. އެ 3 މީހުންވެސް އެކަހެރިކޮށް، މިހާރު ތިބީ ހޯމް އައިސޮލޭޝަންގައި.
• ރައްކާތެރިކަމުގެ ގޮތުން ޢަމަލު ކުރަމުންދާ އުޞޫލުގެ ދަށުން، ފުރަވެރި އައިލެންޑް ރިސޯޓުގައި ކޯވިޑް19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން، 2 ބިދޭސީއެއްގެ ސާމްޕަލް ނަގާ ޓެސްޓްކުރުމުގެ މަސައްކަތް ކުރިޔަށްގެންދެވޭނެ. ޓެސްޓްގެ ނަތީޖާ ލިބެންދެން އެރަށް ވަނީ މޮނިޓަރިންގްއަށް ލެވިފައެވެ.
• ރައްކާތެރިކަމުގެ ގޮތުން ޢަމަލު ކުރަމުންދާ އުޞޫލުގެ ދަށުން، ރިއު ހޮޓެލްސް އެންޑް ރިސޯޓް މޯލްޑިވްސްގައި، ކޯވިޑް19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން، ބިދޭސީއެއްގެ ސާމްޕަލް ނަގާ ޓެސްޓްކުރުމުގެ މަސައްކަތް ކުރިޔަށްގެންދެވޭނެ. ޓެސްޓްގެ ނަތީޖާ ލިބެންދެން އެރަށް ވަނީ މޮނިޓަރިންގްއަށް ލެވިފައެވެ.