ޕްރެސް އިންފޮރމޭޝަން ޝީޓް ޑައުންލޯޑްކުރުމަށް

14 މާރިޗު 2020

• ރައްކާތެރިކަމުގެ ގޮތުން ޢަމަލު ކުރަމުންދާ އުޞޫލުގެ ދަށުން، ކޯވިޑް19އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން ރީތި ބީޗް ރިސޯޓުން ބިދޭސީއެއްގެ ސާމްޕަލް ނަގާ ޓެސްޓްކުރުމުގެ މަސައްކަތް ކުރިޔަށްދަނީ. ޓެސްޓްގެ ނަތީޖާ ލިބެންދެން އެރިސޯޓު ވަނީ މޮނިޓަރިންގްއަށް ލެވިފައި.
• 14 މާރިޗު 2020، 00:00 އިން ފެށިގެން ދިވެހިން ފިޔަވައި ސްޕެއިންގެ ހުރިހާ ސަރަހައްދަކުން އަދި ޖަރުމަނު ވިލާތުގެ(Bavaria, North Rhine-Westphalia ) އާއި ފަރަންސޭސި ވިލާތުގެ( (Baden-Württemberg and Île-de-France Grand Est ގެ ވައިގެ މަގުން ސީދާ ދަތުރުކުރާ ފަސިންޖަރުންނާއި ކްރޫ އާއި ވޭތިވެދިޔަ 14 ދުވަހުގެ ތެރޭގައި އީރާންގައި ޓްރާންސިޓްކޮށް ނުވަތަ ޒިޔާރަތްކޮށްފައިވާ މީހުން ރާއްޖެއަށް އައުން ވަނީ މެދުކަނޑާލެވިފައިެވެ.
• މާލޭގައި (މާލެ، ހުޅުމާލެ، ވިލިމާލެ،)ހިންގާ ގެސްޓް ހައުސްތަކާއި ސިޓީހޮޓެލްތަކަށް މިރޭ 12:00 އިން ފެށިގެން 14 ދުވަހުގެ މުއްދަތަށް ބިދޭސީ އެއްވެސް ފަތުރުވެރިއަކު ޗެކިން ކުރުން ހުއްޓާލުމަށް ވަނީ އަންގާފައިއެވެ. އަދި މިހާރު މި ފަދަ ތަންތަނުގައި ޗެކްއިންވެފައިތިބި ބިދޭސީ ފަތުރުވެރިންނަން ބުކިންގެ މުއްދަތަށް ތިބުމުގައި އެއްވެސް ހުރަހެއް ނެތްކަމަށް މި އެންގުމުގައި ހިމެނާފައިވެއެވެ.
• ރާއްޖޭގައި ހިންގާ ޔުނިވަރސިޓީ ތަކާއި ކޮލެޖްތަކާއި އަދި ތަމްރީނުދޭ ހުރިހާ މަރުކަޒެއް މިއަދުން ފެށިގެން 2 ހަފްތާއަށް ބަންދުކުރުމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް ވަނީ އަންގަވާފައިއެވެ.
• ރިސޯޓުތަކުން ރާއްޖޭގެ މީހުންދިރިއުޅޭ އެއްވެސް ރަށަކަށް މީހުން ދަތުރުކުރުމާއި، ރާއްޖޭގެ އެހެން ރަށްރަށުން ރިސޯޓުތަކަށް މީހުން ދަތުރުކުރުން މިއަދުގެ 18:00 އިން ފެށިގެން 14 ދުވަހުގެ މުއްދަތަށް ހުއްޓާލުމަށް ވެސް ވަނީ އަންގަވާފައިއެވެ.
• ކުރެއްދޫ ކޮންޓެކްޓް ޓްރޭސިންގ ގެ މަސައްކަތުގެ ތެރެއިން 10 ފަރާތެއްގެ ސާންޕަލް ނަގައި ކުރި ތަޙުލީލުތަކުގެ ނަތީޖާ ދައްކާ ގޮތުން 1 ފަރާތެއްގެ ސާންޕަލް ވަނީ ކޯވިޑް-19 ފައްސި ނުވަތަ ޕޮޒިޓިވް ވެފައެވެ. ނަމަވެސް ބާކީ ނެގި 9 ފަރާތުގެ ސާންޕަލް މިބައްޔަށް ނައްސި ނުވަތަ ނެގެޓިވް ވެފައިވެއެވެ.
• ކޯވިޑް19 އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ހުރި 2 ބިދޭސީން، ސަފާރީ އުޅަނދެއްކަމުގައިވާ އައިލެންޑް ސަފާރީ 1 ގައި އެކަހެރިކޮށް، އެފަރާތް ތަކުގެ ސާމްޕަލް ނަގައި ޓެސްޓު ކުރުމުގެ މަސައްކަތްވަނީ ފަށާފައި. މިކަމާއި ގުޅިގެން، އެ ސަފާރީ އުޅަނދު މިހާރުވަނީ މޮނީޓަރިންގ ހާލަތަކަށް ގެނެވިފައި.
• ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކޯވިޑް19އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން ޑްރީމް މޯލްޑިވްސްގައި ހުރި ބިދޭސީއެއްގެ ސާމްޕަލް ނަގާ ޓެސްޓްކުރުމުގެ މަސައްކަތް ކުރިޔަށްދަނީ ކުރަމުންނެވެ. އަދި މި މީހުން ވަނީ ރިސޯޓްގައި އައިސޮލޭޓް ކުރެވިފައި. ޓެސްޓްގެ ނަތީޖާ ލިބެންދެން އެރިސޯޓު ވަނީ މޮނިޓަރިންގްއަށް ލެވިފަވެއެވެ.
• ކޯވިޑް19އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން މީރު އައިލެންޑް ރެސޯޓުން ބިދޭސީއެއްގެ ސާމްޕަލް ނަގާ ޓެސްޓްކުރުމުގެ މަސައްކަތް ކުރިޔަށްދަނީ ކުރަމުންނެވެ. އަދި މި މީހުން ވަނީ ރިސޯޓްގައި އައިސޮލޭޓް ކުރެވިފައި. ޓެސްޓްގެ ނަތީޖާ ލިބެންދެން އެރިސޯޓު ވަނީ މޮނިޓަރިންގްއަށް ލެވިފަވެއެވެ.
• ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކޯވިޑް19އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން އޮޅުވެލި ބީޗް ރެސޯޓުން 2 ބިދޭސީއެއްގެ ސާމްޕަލް ނަގާ ޓެސްޓްކުރުމުގެ މަސައްކަތް ކުރިޔަށްދަނީ ކުރަމުންނެވެ. އަދި މި މީހުން ވަނީ ރިސޯޓް އައިސޮލޭޓް ކުރެވިފައި. ޓެސްޓްގެ ނަތީޖާ ލިބެންދެން އެރިސޯޓުގައި ވަނީ މޮނިޓަރިންގްއަށް ލެވިފަވެއެވެ.
• ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކޯވިޑް19އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން ޝެރެޓަން މޯލްޑިވްސް ފުލްމޫން ރިޒޯޓުން ބިދޭސީއެއްގެ ސާމްޕަލް ނަގާ ޓެސްޓްކުރުމުގެ މަސައްކަތް ކުރިޔަށްދަނީ ކުރަމުންނެވެ. މިމީހާ ވަނީ ރިސޯޓްގައި އައިސޮލޭޓް ކުރެވިފައި. ޓެސްޓްގެ ނަތީޖާ ލިބެންދެން އެރިސޯޓު ވަނީ މޮނިޓަރިންގްއަށް ލެވިފަވެއެވެ.
• ރައްކާތެރިކަމުގެ ގޮތުން އަމަލު ކުރަމުންދާ އުޞޫލުގެ ދަށުން، ބަންގްލަދޭޝްއިން ފުރައިގެން އެނބުރި ރާއްޖެ އައި ދިވެއްސަކު، 14 ދުވަހުގެ މުއްދަތަކަށް ކަރަންޓީން ކުރުމުގެ މަސައްކަތްތައް ދަނީ ކުރެވެމުންނެވެ.
• ކޯވިޑް19 އަށް ޕޮޒިޓިވް ވެފައިވާ މީހަކާ “ކޮންޓެކްޓް” ވުމުގެ ސަބަބުން، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ބިދޭސީއެއް ފަރުކޮޅު އައިސޮލޭޝަން ފެސިލިޓީއަށް ގެންގޮސް ޓެސްޓު ކުރުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ.
• ކޯވިޑް19 އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ހުރި ބިދޭސީއެއް ބ. ފެހެންދޫގައިވަނީ އެކަހެރިކޮށް، ސާމްޕަލް ނަގައި ޓެސްޓު ކުރުމުގެ މަސައްކަތް ފަށާފައި. މިކަމާއި ގުޅިގެން އެ ރަށްވަނީ މޮނީޓަރިންގ ހާލަތަކަށް ގެނެވިފައި.