ނޫސް ބަޔާން  

ކޯވިޑް-19 އާއި ގުޅިގެން އަރާފޭބުން ވަގުތީގޮތުން ހުއްޓުވާފައިވާ ކުރެއްދޫ އައިލެންޑް ރިސޯޓު، ސޭންޑީސް ބަތަލާ އަދިި ކުރަމަތި މޯލްޑިވްސް މިހާރުވަނީ އަރާފޭބުން ހުޅުވާ ލެވިފައެވެ. ނަމަވެސް ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، މިހާރުވެސް މި ބަލި ފެނުމުގެެ ފުރުޞަޠު ބޮޑަށް އޮތް ފަރާތްތައް ބޭރަށް ނުނިކުމެވޭ ގޮތަށް ވަކި ސަރަހައްދެއްގައި އެކަހެރިކޮށް ބެހެއްޓުމުގެ އިންތިޒާމް އެ ރިސޯޓްތަކުގައި ވަނީ ހަމަޖައްސާފައެވެ. އަދި މިގޮތުން އެކަހެރިކޮށްފައިވާ ފަރާތްތައް ޢަމަލުކުރާނެ ގޮތާ ބެހޭގޮތުން އެކުލަވާލައިފައިވާ އުސޫލުތަކާއި ޕްރޮސީޖަރތަކާ އެއްގޮތަށް އެ މީހުން ޢަމަލު ކުރަމުންދޭތޯ ރިސޯޓްގެ މެނޭޖްމަންޓުން ބަލާ ކަށަވަރު ކުރަމުންދާނެއެވެ. ހަމައެއާއެކު އެރިސޯޓުތަކުން މީހުން ފޭބުމުގެ ކުރިން ‘އެގްޒިޓް ސްކްރީން’ ކުރެވޭނެއެވެ. އަދި މީގެ އިތުރުން މި ބަލިން ރައްކާތެރިކުރުމަށްޓަކާ އަޅާ ފިޔަވަޅާއި މިބަލި ފެތުރުނަ ނުދިނުމަށްޓަކާ ކުރާ މަސައްކަތްތައް ތަންފީޒު ކުރުމަށް ޞިއްޙީ މުވައްޒަފަކު ރިސޯޓްގައި ހަރަކާތްތެރިވަމުން ދާނެއެވެ.

ކޯވިޑް-19 އަކީ މުޅިދުނިޔެއަށް ފެތުރިފައިވާ ބައްޔެއް ނުވަތަ  ‘ޕެންޑަމިކް’އެއް ގޮތުގައި ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާއިން މިހާރުވަނީ ކަނޑައަޅާފައެެވެ. މިއީ ކޮރޯނާވައިރަސްއަކާ ގުޅިގެން ‘ޕެންޑަމިކް’ ކަނޑައެޅި ފުރަތަމަ ފަހަރެވެ.

 

11 މާރިޗު 2020