9 މާރިޗު 2020
- ސޭންޑީސް ބަތަލާ އައިލްންޑް ރިޒޯޓުން ކޯވިޑް 19 އަށް 2 މީހުން ޕޮސިޓިވް ފެފައިވޭ.
- 09 މާރިޗް 2020 ވަނަ ދުވަހު މެންދަމު 12:00 ފެށިގެން ބަންގަލަދޭޝްއިން މީހުން އައުން ވަގުތީގޮތުން ވަނީ ހުއްޓާލާފައިއެވެ.
8 މާރިޗު 2020
- ސޭންޑިސް ބަތަލާގައި އައިލެންޑް ރިޒޯޓް ގައި ޗުއްޓީ ހޭދަކުރަމުންދިޔަ އިޓަލީ ވިލާތުގެ ފަތުރުވެރިޔެއްގެ ފަރާތުން ކޯވިޑް-19 އަށް ޝައްކު ކުރެވޭ ޢަލާމާތްތައް ފެނުމާއި ގުޅިގެން އިތުރަށް ތަޙުލީލުކޮށް މޮނިޓަރ ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އަދި އިތުރަށް ‘ކޮންޓެކްޓް ޓްރޭސިންގް’ ހެދުމަށް މިރަށަށް އަރާ ފޭބުން ވަނީ ވަގުތީ ގޮތުން ހުއްޓާލާފައެވެ.
- ސަމަރ އައިލެންޑް ރިޒޯޓްގެ ދެފަތުރުވެރިން ކޯވިޑް-19 ބައްޔަށް ތަޙުލީލު ކުރުމަށްފަހު ނަތީޖާ ނެގެޓިވްވެފައި ވުމުން އެރަށަށް އަރާފޭބުމުގެ ހުއްދަ މިހާރު ވަނީ ދީފައެވެ.