ކަރަންޓީން ފެސިލިޓީ އަށް ގެންދިއުމަށްޓަކައި ޕާރުސަލު ބަލައިގަތުން
- ޕާރުސަލު ބަލައިގަތުން
ޕާރުސަލު ބަލައިގަނެވޭނީ ތިރީގައި ބަޔާންކުރާ ދުވަސްތަކާއި ގަޑިތަކުގައެވެ.
- ދުވަސް: ހޮނިހިރު، ހޯމަ، އަދި ބުދަ
- ގަަޑިތައް: ހެނދުނު 09:00 – 11:00 އަށް އަދި މެންދުރުފަހު 02:00 – 04:00 އަށް
- ބަލައިގަންނަ ތަން: ދަރުބާރުގެ (އަމީނީމަގު މެއިން އެންޓްރަންސް އިން ވަދެ ރަންނަބަޑޭރި މާލަމުގެ ބޭރުންވަންނަ ދޮރުމަތީގައި ގާއިމުކުރާ ޑެސްކުން)
- ޕާރުސަލު ގެންނަ ފަރާތްތަކުން ޢަމަލުކުރަންޖެހޭ ގޮތް
- ޕާރުސަލު ގެންނަންވާނީ ބަންދު ނުކޮށް، ހަވާލުކުރާ ޑެސްކުން ޗެކްކުރުމަށްފަހު ބަންދުކުރާ ގޮތަށެވެ.
- ޕާރުސަލު ބަލައިގަނެވޭނީ ހަމައެކަނި ފޮށި ނުވަތަ ފޮށިގަނޑުގައެވެ.
- ޕާރުސަލު ބަލައިގަނެވޭނީ ޕާރުސަލު ހަވާލުކުރާ ޑެސްކުން ޗެކްކުރުމަށްފަހު ގައެވެ.
- ޕާރުސަލުއެއްގެ ތެރޭގައި ތިރީގައި ބަޔާކުރާ އެއްވެސް އެއްޗެއް ހިމެނިގެން ނުވާނެއެވެ.
- ގާނޫން މަނާކުރާ އެއްވެސް އެއްޗެއް.
- ފްލައިޓުގައި އުފުލުން މަނާ ކުރާ އެއްވެސް އެއްޗެއް (މީގެ ތެރޭގައި އެއްވެސް ބާވަތެއްގެ ކެމިކަލް، އަދި ގޮވާ ޒާތުގެ އެއްވެސް އެއްޗެއް ހުރެގެން ނުވާނެއެވެ.)
- މަދުވެގެން 2 ދުވަސްތެރޭގައި ކުނިވާނެ ޒާތުގެ އެއްވެސް ކާއެއްޗެއް.
- އެއްވެސް ބާވަތެއްގެ ދިޔާ އެއްޗެއް ޕާރުސަލު ގައި ފޮނުވާނަމަ، އެއެއްޗެއް ހުންނަންވާނީ، ލީކް ނުވާނެ ގޮތަކަށް ރަނގަޅަށް ސީލްކުރެވިފައެވެ.
- ޕާރުސަލު ގެންނަ ފަރާތުން ޕާރުސަލު ހަވާލުކުރުމަށް އަންނައިރު ޕާރުސަލު ލިބެންޖެހޭ ފަރާތުގެ ތިރީގައި މިވާ މައުލޫމާތު އެނގެންވާނެއެވެ. އަދި މިމައުލޫމާތު ހުނަންވާނީ ފޮނުވާ ޕާރުސަލުގައި ލިޔެވިފައެވެ.
- ލިބެންވާ ފަރާތުގެ ފުރިހަމަނަން
- ކަރަންޓީން ކުރެވިފައިވާ ރަށް
- ކަރަންޓީން ކުރެވިފައިވާ ރަށުގެ ރޫމް ނަންބަރު
- ލިބެންވާ ފަރާތުގެ ފޯން ނަންބަރު
- ޕާރުސަލު ހަވާލުކުރުމަށް އަންނަ ފަރާތުން ޕާރުސަލު ހަވާކުރުމަށް އަންނައިރު ހަވާލުވާ ޑެސްކަށް އައި.ޑީ ކާޑުގެ އަސްލު ހުށަހަޅަންވާނެއެވެ.