ރިސޯޓުތަކުން އެހެން ރަށްރަށަށް ދަތުރުކުރުން ހުއްޓާލުމަށް އެންގުން

ކޮރޯނާވައިރަސް (ކޯވިޑު-19) ބަލި އިން ރައްކާތެރިކުރުމަށް ޤާނޫނު ނަންބަރު 7/2012 (ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު) ގެ 34 ވަނަ މާއްދާގެ (ރ) ގެ ދަށުން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިފައިވާ ޤާނޫނީ ބާރުގެ ތެރެއިން އަންނަނިވި ފިޔަވަޅުތައް އެޅުމަށް ނިންމައިފީމެވެ.

ރިސޯޓުތަކުން ރާއްޖޭގެ މީހުންދިރިއުޅޭ އެއްވެސް ރަށަކަށް މީހުން ދަތުރުކުރުމާއި، ރާއްޖޭގެ އެހެން ރަށްރަށުން ރިސޯޓުތަކަށް މީހުން ދަތުރުކުރުން މިއަދުގެ 18:00 އިން ފެށިގެން 14 ދުވަހުގެ މުއްދަތަށް ހުއްޓާލުމަށް އަންގަމެވެ.

މިކަމާ ގުޅިގެން ކަމާބެހޭ އިދާރާތަކުން މިކަން ތަންފީޒުކުރުމަށް ދަންނަވަމެވެ.

ތާރީޚް.14 މާރިޗު 2020         ގަޑި 14:00